ނިމިދޔަ ރިޔާސީ އިންތިހާބާއި ގުޅޭ 423 ޝަކުވާ ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 229 ޝަކުވާއަށް މިހާރު ޖަވާބު ދީފައިވާނެ ކަމަށެވެ. އަދި 194 މައްސަލައެއް ބަލައި ޖަވާބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އެކަމަކު ހުށަހެޅުނު ޝަކުވާތަކަށް ބަލާއިރު ނަތީޖާއަށް އަސަރު ކުރާ ވަރުގެ ޝަކުވާއެއް ނެތް ކަމަށެވެ.
ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރީރެޖިސްޓްރޭޝަނާއި ގުޅޭ 12 ޝަކުވާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ހަތް ޝަކުވާ، ކެމްޕެއިން ކުރުމާއި ގުޅޭ ހަ ޝަކުވާ، އޮބްޒާވަރުންނާއި މޮނީޓަރުންނާއި ގުޅޭ 11 ޝަކުވާ އެވެ.
މީގެ އިތުރުން ނަންނެތި ވޯޓުލާފައިވާކަމުގެ އެއް ޝަކުވާ، އައިޑިކާޑަށް ފައިސާ ނެގުމުގެ ޝަކުވާ އަކާއި ރިޝްވަތު ދިނުމާއި ގުޅޭ އެއް ޝަކުވާ އެވެ. ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަސް ވައްދައިގެން 38 ޝަކުވާ އެކެވެ. މީގެ އިތުރުންވެސް އެކި މައްސަލަތަކައި ގުޅޭ ޝަކުވާ ހުށަހެޅުމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ހުށަހެޅުނު ޝަކުވާތައް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އިން ބެލުމަށް ފަހު އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ބަލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް