މިއޮއް ކަމެއް ބަލާބަލަ: ޖަޕާނުގެ އެންމެ މަޝްހޫރު އެއް މިއުޒިކް ބޭންޑު، އެވްރެޖް އުމުރު 84

ކަމެއް ހާސިލްކުރާން ނުވަތަ ތިމާގެ ހުވަފެން ހަގީގަތަކަށް ހަދާން ތިމާ މާ މުސްކުޅިކަމުގައި ހިތަށް އަރާނަމަ އެ ހިޔާލު ދޫކޮށްލާށެވެ. މިއީ އެގޮތަށް ހިޔާލު ދޫކޮށްލައި މިހާރު ޖަޕާނުގައި ފިޔަ ޖަހަމުން އަންނަ ތ...

29 Sep 2015 | 17:27

ކަމެއް ހާސިލްކުރާން ނުވަތަ ތިމާގެ ހުވަފެން ހަގީގަތަކަށް ހަދާން ތިމާ މާ މުސްކުޅިކަމުގައި ހިތަށް އަރާނަމަ އެ ހިޔާލު ދޫކޮށްލާށެވެ. މިއީ އެގޮތަށް ހިޔާލު ދޫކޮށްލައި މިހާރު ޖަޕާނުގައި ފިޔަ ޖަހަމުން އަންނަ ތަރިންތަކެއްގެ ވާހަކަ އެވެ.

މި އެންމެންވެސް ނިސްބަތްވަނީ ޖަޕާނުގެ އަވަށެއް ކަމަށްވާ ކޮހާމާ އިން އޮކިނާވާ އަށެވެ. އުމުރުން ދުވަސްވީ 33 އަންހެނުން ވެގެން މިވަނީ މިއުޒިކް ބޭންޑެއް އުފައްދައި، ޖަޕާނުގެ އެންމެ މަޝްހޫރު އެއް ބޭންޑަށް ވެފަ އެވެ.

ކާމިޔާބު އަލްބަމެއް ނެރުމަށްފަހު "ޖަޕާނު ޓުއާ" އެއްގައި މުޅި ޖަޕާނުގެ އެކި އަވަށްތަކުގައި ޝޯތައް ދެމުން އަންނަ މި އާދަޔާ ހިލާފު ބޭންޑުގެ ނަމަކީ ކޭބީޖީ84 އެވެ. މިނަން ބޭންޑަށް ދީފައިވަނީ ޖަޕާނުގެ މަޝްހޫރު އަންހެން ބޭންޑެއް ކަމަށްވާ އޭކޭބީ48 ގެ ނަމަށް ބަލައިގެން ކަމަށް މި ބޭންޑުން ބުނެ އެވެ.

މި ބޭންޑުން ނެރުނު ފުރަތަމަ އަލްބަމްގެ ކޮޕީތައް ވިކި ހުސްވެފައިވާއިރު އެ އަލްބަމްގެ އާ ކޮޕީތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މި ބޭންޑުން ބުނެ އެވެ.

ބޭންޑުގައި 33 މެމްބަރުން ހިމެނޭއިރު މެމްބަރުންގެ އެވްރެޖް އުމުރަކީ 84 އަހަރެވެ. ބޭންޑުގައި ހިމެނޭ ކޮންމެ މެމްބަރަކީވެސް ނެށުންތެރިއެކެވެ. އަދި ލަވަކިޔުންތެރިއެކެވެ.

"އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ ނަށާއިރު، ޓުއާގައި ދެން ދާން މިއުޅެނީ ޓޯކިޔޯއަށް" އެ ބޭންޑުގައި ހިމެނޭ މެމްބަރެއް ކަމުގައިވާ މެނާކާ ބުނެފައި ވެ އެވެ.

ބޭންޑުގެ ލީޑަރުކަންވެސް ކުރަމުން އަންނަ މެނާކާ ބުނެފައިވަނީ އުމުރާއިމެދު އެއްވެސް ގޮތަކަށް ހާސް ނުވާ ކަމަށާއި މިހާރުވެސް ގޭތެރޭގައި ހުރިހާ މަސައްކަތެއްވެސް ކުރާ ކަމަށެވެ. އެގޮތުން ގޭތެރެ ދޮވެ ސާފު ކުރުމާއި ބަތް ކެއްކުމާއި ކާންހެދުމާއި މި ކަންކަމަކީ މިހާރުވެސް ކުރަމުން އަންނަ ކަންތައްތައް ކަމަށް މެނާކާ ބުނެފައި ވެ އެވެ.

މި އާދަލާ ހިލާފު  ބޭންޑުން ނެރެފައިވާ އަލްބަމްގެ ބައެއް ލަވަތަކުގެ ވީޑިއޯވެސް މިހާރު ވަނީ ހަދައިފަ އެވެ. ތިރީގައި އެވަނީ އެ އަލްބަމްގެ "އާދޭ ނަށާލާ – come on and dance" މި ލަވައިގެ ވީޑިއޯ އެވެ. ކިޔުންތެރީންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް