ކުޑަކުއްޖަކަށް ޖިންސީ ހާނިކަ ކުރި މައްސަލައިގާ ހޯދަން އިއުލާނުކުރި މީހާ ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ހާނިކަ ކުރި މައްސަލައެއްގެ ތަޙުޤީޤަށް ހޯދަމުންދިޔަ ހދ. ކުރިނބީ، ބޮޑުގެ، ޢަބްދުލްވާޙިދު އިބްރާހީމް (41އ) ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އޭނާ ހޯދުމަށް އިޢުލާނުކުރުމާ ގުޅިގެން އ...

29 Sep 2015 | 16:49

ކުޑަކުއްޖަކަށް ޖިންސީ ހާނިކަ ކުރި މައްސަލައެއްގެ ތަޙުޤީޤަށް ހޯދަމުންދިޔަ ހދ. ކުރިނބީ، ބޮޑުގެ، ޢަބްދުލްވާޙިދު އިބްރާހީމް (41އ) ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް އިޢުލާނުކުރުމާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނަށް ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގައި އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ 19:05 ހާއިރު ކޯޓު އަމުރެއްގެ ދަށުން ސ. މަރަދޫން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ކުޑަކުއްޖަކަށް ޖިންސީ ހާނިކަކުރި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް