ބެންކެއް ފަޅާލުމަށްފަހު ޑޮލަރުތަކާއެކު ފޮޓޯތައް ފޭސްބުކްގައި އާންމުކުރި ދެމަފިރިއަކު ހައްޔަރުކޮށްފި

އެމެރިކާގެ އޮހައިއޯގައި މި އަހަރު އޯގަސްޓް މަހުގެ ތެރޭގައި ބޭންކެއް ފަޅާލި ދެމީހަކު ޑޮލަރުތަކާއެކު ފޮޓޯތައް ނަގައި މިދިޔަ ހަފްތާގެ ތެރޭގައި އެ ފޮޓޯތައް ފޭސްބުކަށް އަޕްލޯޑް ކުރުމާއެކު އެ ދެމަފިރިން ހައ...

29 Sep 2015 | 16:43

އެމެރިކާގެ އޮހައިއޯގައި މި އަހަރު އޯގަސްޓް މަހުގެ ތެރޭގައި ބޭންކެއް ފަޅާލި ދެމީހަކު ޑޮލަރުތަކާއެކު ފޮޓޯތައް ނަގައި މިދިޔަ ހަފްތާގެ ތެރޭގައި އެ ފޮޓޯތައް ފޭސްބުކަށް އަޕްލޯޑް ކުރުމާއެކު އެ ދެމަފިރިން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ޖޯން މޯގަން އާއި އޭނާގެ އަންހެނުން އަޝްލޭ ޑުބޮއެ އެވެ.

އޮހައިއޯގެ ފުލުހުން ހާމަކޮށްފައިވާގޮތުން އޮހައިއޯގެ ބޭންކެއް މޯގަން ފަޅާލާފައިވަނީ ޖަލު ހުކުމަކުން ސަލާމަތްވިދާ ދެވަނަ ދުވަހު އެވެ. އަދި ބޭންކު ފަޅާލުމުގައި އޭނާގެ އަނބިމީހާ ޑުބޮއެގެ އަތެއް ވާކަން ތަހުގީގަށް މިހާރު އެނގިފައި ވާކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެ އެވެ.

މި ދެމަފިރިންގެ މައްޗަށް އުފުލާފައިވަނީ ބޭންކެއް ފަޅާލުމާއި ވައްކަން ކުރުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް