ޖަޕާނުގެ އުސެއިން ބޮލްޓް : އުމުރުން 105 އަހަރުގައި ދުވެގެން ދުނިޔޭގެ ރެކޯޑެއް ހަދައިފި

ޖަޕާނުގައި އުމުރުން 105 އަހަރުގެ މީހަކު 100 މީޓަރު ދުވުމުން ދުނިޔެގެ ރެކޯޑެއް ހަދައިފި އެވެ. މި ރެކޯޑް ހަދާފައިވަނީ ހިޑެކީޗީ މިޔަޒަކީ ކިޔާ މީހެކެވެ. ޖަޕާނު މީހުން ހިޑެކީޗީއަށް މުހާތަބުކޮށް އުޅެނީ "ދަ ...

29 Sep 2015 | 16:17

ޖަޕާނުގައި އުމުރުން 105 އަހަރުގެ މީހަކު 100 މީޓަރު ދުވުމުން ދުނިޔެގެ ރެކޯޑެއް ހަދައިފި އެވެ.

މި ރެކޯޑް ހަދާފައިވަނީ ހިޑެކީޗީ މިޔަޒަކީ ކިޔާ މީހެކެވެ. ޖަޕާނު މީހުން ހިޑެކީޗީއަށް މުހާތަބުކޮށް އުޅެނީ "ދަ ގޯލްޑެން ބޮލްޓް"ގެ ނަމުންނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މިޔަޒަކީ 100 މީޓަރު ދުވުމުގެ ރެކޯޑް ހަދާފައިވަނީ 42.22 ސިކުންތުންނެވެ. މިޔަޒަކީ އެ ރެކޯޑް ހަދާފައިވަނީ 105 އަހަރުން މަތީ މީހުންގެ ކެޓަގަރީންނެވެ. ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖަމައިކާގެ އުސެއިން ބޮލްޓް 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލާފައިވަނީ 9.58 ސިކުންތުންނެވެ.

ދުނިޔޭގެ ރެކޯޑް ގާއިމް ކުރުމަށްފަހު އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި މިޔަޒަކީ ބުނެފައިވަނީ ރެކޯޑް ގާއިމް ކުރުމަށް ދުވަމުންދިޔައިރު މާ މަޑުން ދުވުނީތީ އެކަމާ ހިތާމަކުރާ ކަމަށާއި އެއީ އުމުރުން ދުވަސްވުމުން ވީކަމެއްކަމުގައި ދެކޭ ކަމަށެވެ.

މިޔަޒަކީ އިތުރަށް ބުނެފައިވަނީ އިތުރު ތަމްރީނާއެކު އެ ރެކޯޑް މުގުރާލުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށާއި އެކަމަށްޓަކައި ތައްޔާރުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް