މެޑަމް ފާތުން، އެމްއާރުއައި ސްކޭނެއް ހައްދަވައިފި

ރިޔާސީ ލޯންޗުކޮޅުގައި އިއްޔެ ހިނގި ހާދިސާގައި އަނިޔާލިބިވަޑައިގެންނެވި، ރައީސުމް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އެމްއާރު ސްކޭނެއް ހައްދަވައިފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާ...

29 Sep 2015 | 15:51

ރިޔާސީ ލޯންޗުކޮޅުގައި އިއްޔެ ހިނގި ހާދިސާގައި އަނިޔާލިބިވަޑައިގެންނެވި، ރައީސުމް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އެމްއާރު ސްކޭނެއް ހައްދަވައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މެޑަމް ފާތުންގެ އެމްއާރުއައި ސްކޭނެއް ހަދާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އޭޑީކޭގަ އެވެ.

މިކަމާއި ބެހޭގޮތުން ބަހެއް ސަރުކާރުގެ ތަރުޖަމާނު އަދި އޭޑީކޭގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރައީސް އޮފީހުން އިއްޔެ ހާމަކޮށްފައިވާ ގޮތުން ލޯންޗުކޮޅުގައި ހިނގި ހާދިސާގައި މެޑަމް ފާތުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ވަނީ ރެނދުލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް