ޕައިރެޓްބޭގެ ކޯ ފައުންޑާރ ޖަލުން ދޫކޮށްލައިފި

ތިން އަހަރު ސްވެޑެންއާއި ޑެންމާކްގެ ޖަލުތަކުގައި ހޭދަކުރުމަށްފަހު، ޕައިރޭޓްބޭގެ ކޯ ފައުންޑަރ ގޮޓްފްރިޑް ސްވަތޯމް، އާންމު ނަމުން ނަމަ އަނަކާޓާ މިނިވަންވެއްޖެއެވެ. ސްވަތޯމް ތިންއަހަރު ވަންދެން ޖަލުގައި ...

29 Sep 2015 | 15:33

ތިން އަހަރު ސްވެޑެންއާއި ޑެންމާކްގެ ޖަލުތަކުގައި ހޭދަކުރުމަށްފަހު، ޕައިރޭޓްބޭގެ ކޯ ފައުންޑަރ ގޮޓްފްރިޑް ސްވަތޯމް، އާންމު ނަމުން ނަމަ އަނަކާޓާ މިނިވަންވެއްޖެއެވެ.

ސްވަތޯމް ތިންއަހަރު ވަންދެން ޖަލުގައި ހޭދަކޮށްފައިވަނީ އެކި ސައިބަ ކްރައިމްތަކުގެ ކުށުގައެވެ.

ސްވަތޯމް މިނިވަންވެފައިވާކަން އޭނަގެ މަންމަ ވަނީ ޓްވިޓާގައި ޔަގީންކޮށްދީފައެވެ. ޓޮރެންޓް ފްރީކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަހަރު ސްވަތޯމް މިނިވަންވެފައި މިވަނީ ސްވަތޯމްގެ ޖަލުހުކުމް ފުރިހަމަކުރުމަށް ފަހުގައިކަމަށެވެ.

ސްވަތޯމް އެންމެ ފުރަތަމަ ޖަލަށް ލާފައިވަނީ 2011 ވަނައަހަރުގައެވެ. ސްވިޑަންގައި އެފަހަރު އެއް އަހަރަށް ޖަލަށްލީ ޕަރިރެޓްބޭ ހިންގުމުގައި ސްވަތޯމް ބައިވެރިވެފައިވާތީއެވެ. ސްވަރްތޯމް ވަނީ އެޖަލު ހުކުމުން ފިލާފައެވެ. ނަމަވެސް ފަހުން ކެންބޯޑިއާގައި ހައްޔަރުކޮށް ސްވަތޯމް ވަނީ ސްވެޑެންއަށް ޑީޕޯޓު ކޯށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް