މީރާގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ގޯތި ލިބުނު ކަން ޔަގީންކުރުމަށްޓަކައި ކަމަށްބުނެ މީރާގެ ނަމުގައި އޮޅުވާލައިގެން ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށްއެދި ގުޅަމުންދާތީ އެކަމަށް ސަލާމުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރި...

29 Sep 2015 | 15:02

ގޯތި ލިބުނު ކަން ޔަގީންކުރުމަށްޓަކައި ކަމަށްބުނެ މީރާގެ ނަމުގައި އޮޅުވާލައިގެން ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށްއެދި ގުޅަމުންދާތީ އެކަމަށް ސަލާމުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން އިލްތިމާސްކޮށްފި އެވެ.

މިކަމާއި ގުޅިގެން މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީރާ އާއި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަދި ހައުސިން މިނިސްޓްރީން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓް ހޯދައިދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ކަމަށްބުނެ މީރާގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި، ގޯތި ނުވަތަ ފްލެޓް ލިބޭނެކަން ޔަގޯން ކުރުމަށްޓަކައި ވަކި ބޭންކު އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދޭ ކަމުގެ މައުލޫމާތު މީރާއަށް ލިބެމުން އަންނަ ކަމަށެވެ.

"މިއީ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ކޮންމެވެސް ފަރާތަކުން ކުރަމުންދާ ކަމެއް ކަމަށް ވާތީ މިފަދަ ކަންކަމަށް ސަމާލުވެވަޑައިގަތުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން" މީރާގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ އޮތޯރިޓީން އެއްވެސް ފަރާތަކަށް ގުޅައި ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ނާންގާނެ ކަމަށާއި، އެ އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހައި ފައިސާއެއްވެސް ބަލައިގަންނާނީ އެ އޮތޯރިޓީގެ އޮފީސްތަކަށާއި "މީރާކަނެކްޓް" އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމުގައި ދަންނަވާ ކަމަށެވެ.

އަދި މިފަދަ ފޯނުކޯލެއް ލިބިވަޑައިގެންފިނަމަ ލަސް ނުކުރައްވައި 1415 އަށް ގުޅުއްވައި އެކަމުގެ މައުލޫމާތު އެ އޮތޯރިޓީއާއި ހިއްސާ ކުރުމަށްވެސް މީރާގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް