ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އިއްޔެ ހެނދުނު ހިނގި ހާދިސާއާއި ގުޅިގެން، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް މެދުވެރި ނުވާނެފަދަ ގޮތަކަށް އަމަލު ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ހާއްސަ ކޮމިޓީއެއ...

29 Sep 2015 | 13:46

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އިއްޔެ ހެނދުނު ހިނގި ހާދިސާއާއި ގުޅިގެން، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް މެދުވެރި ނުވާނެފަދަ ގޮތަކަށް އަމަލު ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ހާއްސަ ކޮމިޓީއެއް، ރައީސް އެކުލަވާލައްވައިފި އެވެ.

ހަވީރު ނޫހަށް މައުޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާއިމް މުއާޒް އަލީ ވިދާޅުވީ އެކޮމިޓީގެ ބޭނުމަކީ، އިއްޔެ ހިނގައިދިޔަ ފަދަ ހާދިސާއެއް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތްތައް ކަނޑައެޅުމާއި އެކަމާ ގުޅުންހުރި އިރުޝާދާއި ލަފާތަށް ރައީސް ޔާމީން އަށް ދެއްވުން ކަމަށެވެ.

ރައީސް ޔާމީން މިއަދު އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބްދުއްރައޫފާއި ކެޕްޓަން އަލީ އިހުސާނާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޗީފް ސްޓޭޝަން އިންސްޕެކްޓަ މުހައްމަދު ސާމިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް