އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާ ވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ކޯހެރެ ކެފޭ ކައިރީގައި މިއަދު ހަވީރު 16:10 ގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް އެކްސިޑެންޓް ވެފައި ވާކަމަށެވެ. އަދި ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން އެކަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ކޮންޓްރޯލު ނުކުރެވިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމާފައި ވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް