ވަގަށް ނަގާފައިވާ ފޯނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

މާލޭގެ ނޯތު ހާބަރުގައި އަޅާފައިއޮތް ބޯޓަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނުތަކަކާއެކު 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޯތު ހާބަރުގައި ...

29 Sep 2015 | 12:47

މާލޭގެ ނޯތު ހާބަރުގައި އަޅާފައިއޮތް ބޯޓަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފޯނުތަކަކާއެކު 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޯތު ހާބަރުގައި އަޅާފައިއޮތް ދޯންޏަކުން ވައްކަންކޮށްފައިވާކަމަށް ބުނެ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭ 01:05 ހާއިރު އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކަމަށް ފުލުހުން ބުނެ އެވެ.

"ނޯތު ހާބަރު ސަރަޙައްދުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން ވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސެމްސަންގް ހަތަރު ފޯނާއި ނޮކިއާ ބްރޭންޑްގެ ތިން ފޯނެއް ފެނިފައި" ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް