ވިޝާމްގެ ދެކަނބަލުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، ގޭބަންދަށް ފަސް ދުވަސް

ރޭގެ ވަގުތެއްގައި މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ހައްޔަރުކޮށްފައިވާ އެސިސްޓެންޓް އެޓާނީ ޖެނެރަލް އާއި އޭނާގެ އަނބިކަނބަލުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު ގޭބަންދަށް ކޯޓުން ފަސް ދު...

29 Sep 2015 | 12:40

ރޭގެ ވަގުތެއްގައި މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ހައްޔަރުކޮށްފައިވާ އެސިސްޓެންޓް އެޓާނީ ޖެނެރަލް އާއި އޭނާގެ އަނބިކަނބަލުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު ގޭބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެއްތިކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިން ކޮޅާއި، ބޭނުންނުކޮށްހުރި ހަ ދަޅު ބިއަރާއި، ބޭނުންކޮށްފައިހުރި ދެ ދަޅު ބިއަރާއެކު ދެ މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަނެހެނެއް ކަމަށެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 23:30 ހާއިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން  މ. ހަނީޑިއު ބަލައި ފާސްކޮށް ކަމަށާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ބިއަރު ދަޅުތައް ފެނިފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން ދިރިއުޅޭ އެޕާޓްމަންޓުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

މި މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރި އިރު ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައި ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް