ހދ. މަކުނުދޫ އަށް ބޮޑު ހިލަ ގެންދަނިކޮށް މިދިޔަ އާދީއްތަ ދުވަހު ފަރަށްއެރި ޓަގު މިއަދުވެސް ފަރަށް އަރައިފި އެވެ.
"ކުޅުދުއްފުށި ލައިވް" ނޫހުގައި ބުނެފައިވަނީ އިންޑިއާގެ “ބްރަޙްމެކްޝަރާ” ނަމަކަށް ކިޔާ ޓަގު މިފަހަރު އަރާފައިވަނީ އެރަށު ކަނޑިންމަ އެއްފަރާތަށް ކަމަވެ.
މިމަހުގެ 27 ވަނަ ދުވަހު އެރަށަށް ވަންނަން އުޅެނިކޮށް އެރަށު ކަނޑިންމައިގެ އުތުރު ފަރާތު ފަރަށް އެރި އެޓަގް ބޯޓް އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގަ އެވެ. އެރަށް ވަންނަން އުޅުމުގެތެރޭގައި ދެވަނަ ފަހަރަށް ޓަގްބޯޓް އެރީ މިއަދު މެންދުރު 1:00 ހާއިރު ކަމަށް ކުޅުދުއްފުށި ލައިވްގައި ބުނެފައިވެ އެވެ.
"މަކުނުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާކިރު ވިދާޅުވީ އެ ޓަގް ބޯޓް ފަރަށް އަރަން ދިމާވީ އާންމުކޮށް ވަންނަ ދިމާލުން ނޫން އެހެން ދިމާލަކުން ފަޅަށް ވަންނަން އުޅުމުން ކަމަށް، އެ އުޅަނދުގެ އެޖެންޓްކަންކުރާ އެމް.ޓީ.ސީ.ސީގެ ބޭފުޅުންނަށާއި، ޓަގް ބޯޓްގެ ކެޕްޓަންއަށް، ކުރިންވެސް އެރަށަށް އަންނަ ޓަގާއި ބާޖް ވަންނަ މާގައި އެންކަރކުރާ ސަރަޙައްދުވަނީ އޮޅުން ފިލުވައިދީފައިކަމަށް ފުރަތަމަ ފަހަރު ޓަގް ފަރަށް އެރުމާގުޅިގެން ޝާކިރު ވިދާޅުވި" ކުޅުދުއްފުށި ލައިވްގައި ބުނެފައި ވެ އެވެ.
ޓަގް ބޯޓްގެ ކަފުގައި އޮތީ “މާރލިން 2302” ނަމަކަށްކިޔާ ބާޖެކެވެ. މިއީ އެމް.ޓީ.ސީ.ސީގެ އެޖެންޓްކަމުގެ ދަށުގައި ރާއްޖެއައި ދެ އުޅަނދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް