ދިވެހި ރުފިޔާގެ އައު ނޫޓު، "ރަންދިހަފަހެއް" ތައާރަފް ކުރުމާއި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2015 ފަސްކޮށްފި އެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އަންނަމަހުގެ ފަހެއްގައި ބޭއްވުމަށް ކުރީން ހަމަޖެހިފައިވާ ދިވެހި ރުފިޔާގެ އައު ނޫޓު ސީރީޒް "ރަންދިހަފަހެއް" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތާއި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2015 ބޭއްވުން ފަސްކުރަން ނިންމާފައި ވާކަމަށެވެ.
އަދި ރަންދިހަފަހެއް ނޫޓު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތާއި މޯލްޑިވެސް ފައިނޭޝަލް އެކްސްޕޯ 2015 ބާއްވާނޭ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ފަސްކޮށްފައިމިވަނީ ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެންނެވެ. ރަންދިހަފަހެއް ތައާރަފް ކުރުން ފަސްކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ހއ ހޯރަފުށީގައި ބާއްވަން ތައްޔާރުވަމުންދިޔަ ޑިމޮކްރަސީ ހަފްތާވެސް ރިޔާސީ ލޯންޗުކޮޅަށް ދިމާވި ހާދިސާއާއި ގުޅިގެން ވަނީ ފަސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް