މާލޭގައި އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މ.ސަންބްރީޒް އިމާރާތުގެ 9 ވަނަ ބުރީގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ވެއްޓި މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ.
އަދި މި ބިދޭސީ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިހާދިސާހައި މަރުވެފައިވަނީ އިްނޑިއާ ރައްޔިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް