ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން އީސީގެ ޑިމޮކްރަސީ ވީކް ފަސްކޮށްފި

އިލެކްޝަންސް ކޮމިޝަނުން ހއ ހޯރަފުށީގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޑިމޮކްރަސީ ވީކް، ރިޔާސީ ލޯންޗުކޮޅުގައި އިއްޔެ ހިނގި ހާދިސާއާއި ގުޅިގެން ފަސްކޮށްފި އެވެ. އެ ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބ...

29 Sep 2015 | 07:22

އިލެކްޝަންސް ކޮމިޝަނުން ހއ ހޯރަފުށީގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޑިމޮކްރަސީ ވީކް، ރިޔާސީ ލޯންޗުކޮޅުގައި އިއްޔެ ހިނގި ހާދިސާއާއި ގުޅިގެން ފަސްކޮށްފި އެވެ.

އެ ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅުގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން، އޮކްޓޯބަރު 4 އިން 10 އަށް ހއ ހޯރަފުށީގައި ހިންގުމަށް ހަމަޖައްސާފައިވާ ޑިމޮކްރަސީ ވީކްގެ ހަރަކާތްތައް ފަސްކުރެވިފައި ވާކަމަށެވެ.

ޑިމޮކްރަސީ ވީކް  ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް