ފޭސްބުކުން "އަންފްރެންޑް" ކުރުމަކީ ހަނގާކުރުން ކަމުގައި ބެލެވެން ފަށައިފި

އޮސްޓްރޭލިޔާގައި އެގައުމުގެ ވަޒީފާއާއި ބެހޭ ޓްރިބިއުނަލަށް އަމިއްލަ ކުންފުންޏެއްގެ މުވައްޒަފަކު ހުށަހެޅި މައްސަލައެއް ބަލައި ނިންމާލި އިރު، ފޭސްބުކުން "އަންފްރެންޑް" ކުރުމަކީ ހަނގާކުރުމުގެ އަމަލެއް ކަ...

29 Sep 2015 | 07:06

އޮސްޓްރޭލިޔާގައި އެގައުމުގެ ވަޒީފާއާއި ބެހޭ ޓްރިބިއުނަލަށް އަމިއްލަ ކުންފުންޏެއްގެ މުވައްޒަފަކު ހުށަހެޅި މައްސަލައެއް ބަލައި ނިންމާލި އިރު، ފޭސްބުކުން "އަންފްރެންޑް" ކުރުމަކީ ހަނގާކުރުމުގެ އަމަލެއް ކަމުގައި ބެލެވެން ފަށައިފި އެވެ.

އެ މައްސަލަ ޖައްސާފައިވަނީ އޮސްޓްރޭލިއާގެ ވިއު ސްޓޭޓް އޭޖެންސީއެއްގައި އެޑްމިނިސްޓްރޭޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ރިޗާޑް ރޮބަޓްސް ކިޔާ މީހެކެވެ. މައްސަލަ ހުށަހަޅާފައިވަނީ އެ އޭޖެންސީގެ އިސްވެރިއެއް ކަމަށްވާ ލީސާ ބާޑްސް އާ ދެކޮޅަށެވެ.

ވަޒީފާއާބެހޭ ޓްރިބިއުނަލަށް ހުށަހެޅި މައްސަލައިގާ ބުނެފައިވަނީ ލީޒާ ބާޑް އޭނާގެ ފޭސްބުކް އެކައުންޓުން ރިޗާޑް ރޮބަޓް ކިޔާ މީހަކު "އަންފްރެންޑް" ކުރީ އޮފީސް އެންމެންގެ ކުރިމަތީގައި ބެވުމަށްފަހު ފޭސްބުކުން "އަންފްރެންޑް" ކޮށްލާނެކަމުގެ އިންޒާރުވެސް ދިނުމަށްފަހުގައި ކަމަށް އޮސްޓްރޭލިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.

ވަޒީފާއާބެހޭ ޓްރިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ ލީސާ ބާޑްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް