އެޕަލް އައިފޯނު 6s އަދި 6s+ އަންނަ އޮކްޓޯބަރުމަހުގެ އަށެއްވާ ހުކުރު ދުވަހުން ފެށިގެން ދިރާގުން ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އައިފޯނު ގަންނަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހުޅުވާލާނެ ކަމަށެވެ.
ދިރާގުން އައިފޯނުގެ އެންމެ ފަހުގެ ވައްތަރުތައް ވިއްކާނެ ކަމަށް އިއުލާންކޮށްފައިވާ އިރު އެޕަލް ކުންފުނިން ވަނީ "އޮފިޝަލް ޑިސްޓްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިސްޓް" އަކަށް ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައެވެ.
އެކަމާ ބެހޭގޮތުން ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހްމަދު މައުމޫން ވިދާޅުވީ އެޕަލްގެ އޮފިޝަލް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި ސޮފްޓް ޓަޗް ހަމަޖެހިގެން ދިއުމުން އެކަމަށް މަރުހާބާ ކިޔާ ކަމަށެވެ. އަދި ދެވަނަބުރުގައި އައިފޯން ތައާރަފްކުރާ ގައުމުތަކުގެތެރޭގައި ރާއްޖެ ހިމެނޭތީ ވަރަށް އުފާ ކުރާ ކަމަށާއި އަދި ރާއްޖޭން އައިފޯން ވިއްކާ ފުރަތަމަ މުވާސަލާތީ ހިދުމަތްދޭ ކުންފުންޏަށް ވީމަ އެއަށްވުރެ އުފާވާކަމަށް އަހުމަދު މައުމޫން ވިދާޅުވި އެވެ.
މި މަހުގެ 25 ވަނަ ދުވަހު އެޕަލް އިން ބާޒާރަށް އައިފޯނު 6s އަދި 6s+ ބާޒާރަށް ނެރުނު ފަހުން މިވީ ހަތަރު ދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ފޯނު ވަނީ ވިއްކާފައި ވިއްކާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް