ފޭސްބުކް 41 މިނެޓަށް ޑައުންވި، ބައެއް މީހުން އެ މައްސަލަ ފުލުހުންނަށްވެސް ރިޕޯޓްކުރި

ރޭގެ ވަގުތެއްގައި ދުނިޔޭގެ ބޮޑު ބަޔަކަށް ގިނަ އިރުތަކެއް ވާންދެން ފޭސްބުކް ޑައުންވެފައިވާއިރު އެ މައްސަލަ ބައެއް ފަރާތްތަކުން ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބައިނަލް އަގްވާމީ ބައެއް ނޫސްތަކުން ބުނެފި ...

29 Sep 2015 | 05:44

ރޭގެ ވަގުތެއްގައި ދުނިޔޭގެ ބޮޑު ބަޔަކަށް ގިނަ އިރުތަކެއް ވާންދެން ފޭސްބުކް ޑައުންވެފައިވާއިރު އެ މައްސަލަ ބައެއް ފަރާތްތަކުން ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބައިނަލް އަގްވާމީ ބައެއް ނޫސްތަކުން ބުނެފި އެވެ.

މި ހަފްތާގެ ތެރޭގައި ތިން ފަހަރަކަށް ފޭސްބުކް ޑައުންވެފައި ވެ އެވެ. ނޯތް އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ފޭސްބުކް ބޭނުން ކުރާ ގިނަ ބަޔަކަށް ވަނީ ރޭގެ ވަގުތެއްގައި ގާތް ގަނޑަކަށް ގަޑިއިރަކަށް ފޭސްބުކް އަށް ނުވަދެވި ހިދުމަތް މެދުކެނޑިފައެވެ.

41 މިނެޓަށް ފޭސްބުކް ޑައުންވިވަގުތު ފޭސްބުކްގެ އެޕްލިކޭޝަން އަދި އިންޓަނެޓް ވެބްސައިޓް ބޭނުންކޮށްގެންވެސް ފޭސްބުކްއަށް ނުވަދެވެއެވެ. ފޭސްބުކް ޑައުންވި ގަޑީގައި އަރާފައިވާ މެސްޖްގައި ފޭސްބުކްއަށް ދިމާވެގެން އުޅޭ މައްސަލަ ވީހާވެސް އަވަހަކާ ހައްލުކުރަން މަސައްކަތް ކުރަމުންދާކަމަށް އަރާފައި އިނދެއެވެ. މި މައްސަލައާއި ގުޅިގެން ފޭސްބުކްގެ ސްޕޯކްސް ޕާސަން ބުނެފައިވަނީ ފޭސްބުކް ޑައުންވީ ކޮންފިގުރޭޝަން މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްވަނީ ނޯތް އެމެރިކާ، ޔޫރޮޕް، އޮސްޓްރޭލިއާ އަދި އިންޑިއާއަށް ޑައުންވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް