އިންޑިއާއިން ކާމިޔާބުކަމާއެކު ހައި ޓެކްނޮލޮޖީ ޓެލެސްކޯޕެއް ޖައްވުގެ ތެރެއަށް ފޮނުވާލައިފި

އިންޑިއާގެ ސްޕޭސް ޕްރޮގްރާމް ކުރިއެރުވުގެ ގޮތުން ތަރިތަކާ ބެހޭގޮތުން އާ ހޯދުންތަށް ހޯދުމަށް އިންޑިޔާއިން ކާމިޔާބުކަމާއެކު ހައި ޓެކްނޮލޮޖީ ޓެލެސްކޯޕެއް ޖައްވުގެ ތެރެއަށް ފޮނުވާލަފިއެވެ. މިއީ އިންޑީއާއި...

29 Sep 2015 | 05:33

އިންޑިއާގެ ސްޕޭސް ޕްރޮގްރާމް ކުރިއެރުވުގެ ގޮތުން ތަރިތަކާ ބެހޭގޮތުން އާ ހޯދުންތަށް ހޯދުމަށް އިންޑިޔާއިން ކާމިޔާބުކަމާއެކު ހައި ޓެކްނޮލޮޖީ ޓެލެސްކޯޕެއް ޖައްވުގެ ތެރެއަށް ފޮނުވާލަފިއެވެ.

މިއީ އިންޑީއާއިން ޖައްވަށް ފޮނުވި މިފަދަ ފުރަތަމަ ޓެލެސްކޯޕެވެ.

މި ޓެލެސްކޯޕް ބޭނުންކޮށްގެން ކާއިނާތުގެ ގިނަ ކަންކަމެއް ތަހުލީލުކުރާނެއެވެ. މީގެތެރޭގައި ބްލެކް ހޯލްތަކާއި ތަރިތަކުގެ މެގްނެޓިކް ފީލްޑްތައްވެސް ހިމެނެއެވެ. އިންޑިއާއިން ޖައްވަށް ފޮނުވާފައިމިވާ ޓެލެސްކޯޕް ދުނިޔެވަށާ ބުރުޖަހާނީ ދުނިޔޭގެ ބިމުން ފެށިގެން 400 މޭލު މަތިންއެވެ.

މިޓެލެސްކޯޕް ހަރުކޮށްފައިވާ ރޮކެޓް އުފެއްދުމަށް 1.8 ބިލިއަން ރުޕީސް ނުވަތަ 27 މިލިއަން ޑޮލަރު ހޭދަވި ކަމަށް އިންޑިއާއިން ބުނެ އެވެ. އިންޑިޔާއިން ޖައްވަށް  ޓެލެސްކޯޕެއް ފޮނުވާފައި މިވަނީ މާސްއަށް ރޮބަޓެއް ފޮނުވި އޭޝިޔާގެ ގައުމަށް އިންޑިއާވިތާ އަހަރެއްވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް