އަމިއްލައަށް މަރުވާން އުޅޭކަމަށް ހީކޮށް ސަލާމަތްކުރަން މަސައްކަތް ކުރެވުނީ ސެލްފީއެއް ނަގަން އުޅުނު މީހެއް

ރަޝިޔާގެ މޮސްކޯގައި ފާލަމެއްގެ މަތިން ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅޭކަމަށް ބުނެ ސެލްފީއެއް ނަގަން އުޅުނު މީހެއްގެ މައްސަލަ ޕޮލިހަށް ރިޕޯޓުކޮށްފިއެވެ. އެހިސާބުގައި ދިރިއުޅޭ މީހުން ކުރި ރިޕޯޓ...

29 Sep 2015 | 05:21

ރަޝިޔާގެ މޮސްކޯގައި ފާލަމެއްގެ މަތިން ފުންމާލައިގެން އަމިއްލައަށް މަރުވާން އުޅޭކަމަށް ބުނެ ސެލްފީއެއް ނަގަން އުޅުނު މީހެއްގެ މައްސަލަ ޕޮލިހަށް ރިޕޯޓުކޮށްފިއެވެ.

އެހިސާބުގައި ދިރިއުޅޭ މީހުން ކުރި ރިޕޯޓުތަކާއި ގުޅިގެން ފުލުންއާއި މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރާ ޓިމްތަކުން އެތަނަށް ގޮސް 26 އަހަރުގެ މިޒުވާނާ ސަލާމަތްކުރުމަށް ކުރި މަސައްކަތުން އެނގިގެންދިޔައީ މީނަ ފުރާނަ އަތްމައްޗައްލައިގެން މަސައްކަތް ކުރަމުން ދިޔައީ މޮސްކޯގެ ރީތި މަންޒަރުތަކާއެކު އާދަޔާހިލާފު ސެލްފީތައް ނަގައި އިންސްޓަގްރާމްއަށް ލުމަށްކަމަށެވެ.

މަސްތުގެ ހާލުގައި ހުރި މިމީހާ ވަނީ އެތަނަށް އައި މެޑިކަލް ޓީމްގެ ބަސްއަހައި މާގިނައިރުތަކެއް ނުކޮށް ފާލަން މަތިން ފައިބާފައެވެ. އެތާގައި ހަރަކާތްރެރިވި އޮފިޝަލެއް މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނައާ ވާހަކަ ދައްކާލުމުން އޭނަ ބުނެފައިވަނީ ފާލަން މައްޗައް އެރީ ރީތި ފޮޓޯތަކަކާއި ސަޅި ސެލްފީއެއް ނަގާލުމުގެ ބޭނުމުގައި ކަމަށެވެ.

އާދަޔާ ހިލާފު ސެލްފީއެއް ނަގަން ކުރި މިމަސައްކަތުގެ ސަބަބުން މީނައަށް އަދަބު ލިބުން އެކަށީގެންވެއެވެ. މީގެ ކުރިން 21 އަހަރުގެ އަންހެނެއްވަނީ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި މޮސްކޯގެ ފާލަމެއްމަތިން ވެއްޓި މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް