ހައުސިން މިނިސްޓަރުގެ ބައްޕަ ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެއްޖެ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުއްޓައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ، ހުސެއިން އަބްދުއްރަހްމާން ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެއްޖެ އެވެ. ހައްޖު ކ...

29 Sep 2015 | 05:02

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް ހުއްޓައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ، ހުސެއިން އަބްދުއްރަހްމާން ރޭގެ ވަގުތެއްގައި މައްކާގައި ނިޔާވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާގޮތުގައި ހުސެއިން އަބްދުއްރަހްމާން ނިޔާވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މަސްޖިދުލް ހަރަމްގައި ކަށުނަމާދުކޮށްފައިވާއިރު ވަޅުލާފައިވަނީ ފަތިސް ނަމާދަށް ފަހު ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

މައްކާގައި ހައުސިން މިނިސްޓަރުގެ ބައްޕަ ނިޔާވެފައިވާއިރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިނިސްޓަރު މުއިއްޒުވެސް ހުންނެވީ މައްކާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް