މާލެ އާއި އަތޮޅުތެރެއިން ހަތް ހާހަށް ވުރެ ގިނަ ދަރިވަރުންނާ އެކު މި އަހަރުގެ އޯ ލެވެލް އިމްތިހާނު އަންނަ ހޯމަ ދުވަހު ފަށާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަހަރު ރާއްޖޭން މުޅި ޖުމްލަ 7066 ދަރިވަރުން ޖީސީއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާ އިރު، އޭގެ ތެރޭގައި 192 ސްކޫލަކުން 5365 ދަރިވަރަކު މި އިމްތިހާނު ހަދާނެ އެވެ.
"އަމިއްލަ ގޮތުން 47 ތަނެއްގައި އިމްތިހާނު ބާއްވާ އިރު، އަމިއްލަ ގޮތުން 1701 ދަރިވަރަކު މި އަހަރު އިމްތިހާނުގައި ބައިވެރިވޭ" އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އަންނަ ހޯމަ ދުވަހު އޯލެވެލް އިމްތިހާނު ފަށާ އިރު، އިމްތިހާނު ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މިހާރު ކުރަމުން އަންނަ އިރު އެ ޑިޕާޓްމަންޓުން މި މަހުގެ ކުރީކޮޅު އިމްތިހާނު ސެންޓަރުތަކުގެ އޮފިޝަލުންނަށް އިމްތިހާނު ހިންގުމުގެ ތަމްރީނު ދީފައިވާކަމަށާއި މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ހިސާބުތަކުން 185 އޮފިޝަލަކު ބައިވެރިވެފައި ވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު ނިމޭނީ ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 194 ސްކޫލަކުން، 7202 ދަރިވަރުން ބައިވެރިވެ، ގަދަ 10 ގައި 469 ދަރިވަރަކު ހިމެނިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް