އިއްޔެ ހެނދުނު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާ ތަހުގީގު ކުރަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
:ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން 28 ސެޕްޓެމްބަރ 2015 ވީ ހޯމަ ދުވަހުގެ ހެދުނު މާލެ ވަޑައިގެންނެވި "ފިނިފެންމާ" ލޯންޗު، ޢިއްޒުއްދީން ފާލަމާއި ގާތްކުރަން އުޅުނު ވަގުތު އެ ލޯންޗުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވުމުން، އެކަން ހިނގިގޮތް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިގެންދަނީ ބަލަމުން" އެ ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ތަޙްޤީޤް ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޓީމަކާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޓީމަކުން ކަމަށެވެ. އަދި މިތަޙްޤީޤް ކުރިއަށްދާނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު މާހިރުންގެ ލަފަޔާއި އިރުޝާދާއި އެކުގައި ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް