އިއްޔެ ހެނދުނު ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުން ހިންގާ ތަޙުޤީޤުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ނުވަ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ފުލުހުން ބުނީ މި ޓީމް ރޭ 01:30 ގައި ރާއްޖެ އައުމުން، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުންނަށް މަރުޙަބާ ކިޔާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.
ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެފައިވަނީ، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ ތަޙުޤީޤުގައި އެމެރިކާގެ އެފްބީއައިގެ އިތުރުން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށާއި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަޙުޤީޤު ކުރަމުން ގެންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް