ރަސްމީ ދަތުރުފުޅެއްގައި ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޒީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝެންގްހާއި ކޯޕަރޭޝަން ...

29 Aug 2025 | 18:55
ރައީސް އެއާޕޯޓުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް އެއާޕޯޓުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޒީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝެންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް މުޢިއްޒު، ޗައިނާގެ ރައީސާ ބައްދަލުކުރައްވާނެ ކަމަށާއި އަދި އެހެން ޤައުމުތަކުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އެސްސީއޯ ޕްލަސް ސަމިޓުގައި ރައީސް ތަގުރީރުކުރައްވާނޭ ކަމުގައިވެސް ބުނެފައިވެއެވެ.

އެސްސީއޯއަކީ ޔުރޭސިއާ ސަރައްދުގެ ޤައުމުތަކުގެ މެދުގައި ސިޔާސީ، އިގުތިޞާދީ އަދި ސަރަހައްދީ ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭ ސަރަހައްދީ ބޮޑީއެކެވެ. 2021 ވަނަ އަހަރު ވުޖޫދުވި މި ބޮޑީގައި ވުޖޫދުވިއިރު ހިމެނޭ ޤައުމުތަކަކީ ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން، އަދި އުޒްބަކިސްތާނެވެ. ނަމަވެސް މިހާރު މި ބޮޑީގައި ބައިވެރިވާ މެންބަރު ޤައުމުތަކުގެ ޢަދަދު މިހާރު ވަނީ 10 އަށް އިތުރުވެފައެވެ. ދިވެހިރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގު ޕާޓްނަރު ޤައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް