ސިންގަޕޫރުގައި އޭސީ މަސައްކަތްކުރާ ކުޑަ ބަހެއްގައި ގިނަ އަދަދެއްގެ ވޭޕު

ސިންގަޕޫރުގައި އިއްޔެ އެ ޤައުމުގެ ވެހިކަލް ޗެކްޕޮއިންޓަކުން ގިނަ އަދަދެއްގެ ވޭޕާއި އެއާއި ގުޅުންހުރި ސާމާނު އަތުލައިގެންފިއެވެ. އެ ޤައުމުގެ އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓްސް އޮތޯރިޓީ (އައިސީއޭ) އިން ...

29 Aug 2025 | 18:33
އަތުލައިގަތް ބަސް -

އަތުލައިގަތް ބަސް -

ސިންގަޕޫރުގައި އިއްޔެ އެ ޤައުމުގެ ވެހިކަލް ޗެކްޕޮއިންޓަކުން ގިނަ އަދަދެއްގެ ވޭޕާއި އެއާއި ގުޅުންހުރި ސާމާނު އަތުލައިގެންފިއެވެ.

އެ ޤައުމުގެ އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓްސް އޮތޯރިޓީ (އައިސީއޭ) އިން އިއްޔެ ބުނެފައިވަނީ އޭސީ މަރާމާތު ކުރުމުގެ ޚިދުމަތް ދިނުމުގެ ނަމުގައި ގެންގުޅުނު ކުޑަ ބަހެއް ހުއްޓުވައި ބަލާ ފާސްކުރިއިރު ގިނަ ޢަދަދެއްގެ ވޭޕު ދަނޑިއާއި އޭގެ ފްލޭވާ ޕެކެޓުތައް ފެނުނު ކަމަށެވެ.

އެގޮތުން 890 ވޭޕު ދަނޑި އާއި 6،700 ފްލޭވާ ފޮށި ފެނުނު ކަމަށް ބުނެފައިވެއެވެ. އެތަކެތި ރައްކާކޮށްފައިހުރީ އެ ބަހުގެ ތޮށިގަނޑުގެ އެތެރޭގައި އެގޮތް މިގޮތަށް ފޮރުވައިގެންނާއި އޭސީ އައުޓްޑޯ ޔުނިޓެއްގެ ތެރޭގައި ފޮރުވައިގެންނެވެ.

އެ މައްސަލައިގާ އެ ބަސް ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާއިރު އެ ބަހަކީ މެލޭޝިޔާގައި ރަޖިސްޓްރީކޮށްފައިވާ ބަހެއް ކަމާއި ޑްރައިވަރަކީވެސް މެލޭޝިޔާއަށް ނިސްބަތްވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

ސިންގަޕޫރަކީ 2018 އިން ފެށިގެން ވޭޕު މަނާ ޤައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް