ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވާ ކުޑަކުއްޖަކަށް ސަމާގެ ލައިވެއްގައި 70 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފީއެވެ.
އެއީ ދިވެހި ރުފިޔާއިން 58،602 ރުފިޔާ އަދި 763 ޑޮލަރެވެ.
ސަމާގެ ހިތުން ހިތަށް ޕްރޮގްރާމް މިރޭ ހާއްސަކުރީ އުފެދުމުގައި ލިވަރ ހަށިގަނޑުން ބޭރުގައި އުފެދިފައިވާ ކުއްޖެއް ކަމުގައިވާ ޔަޝްވީ ބިންތް ޝާކިރްގެ ބޭސްފަރުވާގެ ކަންކަމަށެވެ.
ސަމާ ކުރިއަށްގެންދާ ހިތުން ހިތަށް ޕްރޮގްރާމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް