މިރޭ މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސާ އެ އަންހެން މީހާ ރަހީނުކޮށްގެން ގެޅުނު ހާދިސާގައި ލިބުނު އަނިޔާއަށް އަންހެން މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަދި ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފިރިހެން މީހާއަށް ލިބުނު އަނިޔާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ ބަންދުކޮށްފައިހުރި މީހާއަށް އެގޭ ތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކޮށްފައިވާކަމަށާއި އަދި ފުލުހުން އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ އަންހެންމީހާ މަރާލާނެކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރުދީ އަނެއްކާވެސް އަންހެންމީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ދިޔަކަމަށެވެ.
"އެހެންކަމުން އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އަންހެން މީހާ ވަނީ ފިރިހެން މީހާގެ ކިބައިން ސަލާމަތްކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުން ބާރުގެ ބޭނުންކުރުމުން ފިރިހެން މީހާއަށް އަނިޔާވެފައިވާތީ އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި ބަންދުކޮށްފައިހުރި އަންހެން މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް