މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވަނީ މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދިޔަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ކަޅު ގަމީހެއް/ޓީޝާޓެއްގައި ހުރި ފިރިހެނަކު ގެ އެއްގެ ތެރޭގައި އަންހެނެއްގެ ކަރުގައި ވަޅިއެއް ޖައްސައިގެން ހުންނަ މަންޒަރާއި އަދި ފުލުހުން އެ ސަރަހައްދުގައި އުޅޭ މަންޒަރު ފެނެއެވެ.
އިތުރު ވީޑިއޯއަކުން ފެންނަގޮތުގައި މަގުމަތީގައި ސައިކަލެއްގެ ކައިރީގައިވެސް އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުންނަ މަންޒަރު ފެނެއެވެ. އިތުރު ވީޑިއޯއަކުން ފެންނަނީ އެ ފިރިހެން މީހާ ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލެއްގައި ގެންދާ މަންޒަރެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް