އިންޑިއާގެ ބޮޑު ވަޒީރަށް ފުރައްސާރަކުރި މިނިސްޓަރުން މިނިވަންކަންމަތީ ތިބެ، ފަލަސްތީނުގެ ހައްގުގައި ބަސްބުނި މީހުން ހައްޔަރުކުރުމުން އާއްމުންގެ ފާޑުކިޔުން ސަރުކާރަށް!

އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާއްމާއި ދެކޮޅަށް އަޑު އުފުލައްވަމުން ގެންދެވި އައިިޝަތު ޝާދިޔާ އަދި ޑރ ޝަޒްރާ އިބްރާހިމް ހައްޔަރުކުރުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔާ، އެމީހުން މިނި...

29 Aug 2024 | 13:09

އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާއްމާއި ދެކޮޅަށް އަޑު އުފުލައްވަމުން ގެންދެވި އައިިޝަތު ޝާދިޔާ އަދި ޑރ ޝަޒްރާ އިބްރާހިމް ހައްޔަރުކުރުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔާ، އެމީހުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ޝަފީރަކަށް އުދަނގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކޯޓު އަމުރުގެ ދަށުން ކަމަށެެވެ. އެމީހުން އުދަނގުކޮށްފައިވަނީ ކޮން ސަފީރަކަށް ކަމެއް ނުވަތަ ކޮން ޑިޕްލޮމެޓިކް މިޝްންތަކަކަށް ކަމައް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ތިން ދުވަހަށް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު އިތުރުކޮށް ޖަހާފައިވާ ވަކި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، ޝަފީރެއްގެ ގޭ އިން ފަހަނަ އަޅައި ގޭގެ ތެރެއަށް ކުނި އެޅުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ހިނގާފައި ވާގޮތް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރގެ އެކްސްގައި ކުރެއްވެވި މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ މިނިސްޓަރަށް އަދި ސަރުކާރަށް ވެސް އަމާޒުވެފައެވެ.

އެގޮތުން ބައެއް އާއްމުން ވަނީ، އިންޑިއާގެ ބޮޑު ވަޒީރަށް ފުރައްސާރަކުރެއްވި މިނިސްޓަރުންނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭއިރު، ނިކަމެތި ދެ އަންހެނުން އެއްވެ އަޑުއުފުލުމުން އެމީހުންް  ހައްޔަރުކުރުމުން، ނުރުހުންފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފަލަސްތީނުގެ ހައްގުގައި އަޑުއުފުލި ދެމީހުން ހައްޔަރުކުރުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް