ރިޔާސީ އިންތިހާބަކީ އިމާމުވެ ނަމާދުކުރަނީ ކާކުތޯ ބަލަން ބާއްވާ އިންތިހާބެއް ނޫން ކަމަށް ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނު ތެރޭގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިމާމުގެ ނަމާދު ކުރައްވާތަން ފެންނަ ފޮޓޯއެއް މީހަކު ޓުވީޓު ކުރުމަށްފަހު އިޔާޒު ޓެގް ކުރެއްވުމުންނެވެ.
އިޔާޒު ވިދާޅުވީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން ކަމަށާއި،އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުމުގެ ހުންގާނު ހަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިހާބެއް ކަމަށެވެ.
"ނަމާދުގެ އިމާމްގެ ކިބައިގާ ހުންނަންޖެހޭ ޝަރްޠުތަކަކީ ތަފާތުކަމެއް. ޤައުމުގެ ހުންގާނު ޙަވާލުކުރަންވާނީ ތިމާ އާއި ޚިޔާލުތަފާތުވާ މީހުންވެސް އެކަހެރިނުކޮށް ގޮވައިގެން އުޅެން ދަންނަފަދަ ބޭފުޅަކު" އިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިޔާޒު ވިދާޅުވީ އެކަމަށް ބަލާއިރު ވެރިކަމަށް އެންމެ ޤާބިލް ބޭފުޅެއްކަމުގައި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
'އިބޫ ނޫން ގޮތެއް ނެތް' ކަމަށް ވިދާޅުވެ އިޔާޒު އާއްމުކުރި ފޮޓޯއެއްގައި ވަނީ، ރައީސް ސޯލިހަކީ އިދިކޮޅަށް ވާހަކަ ދައްކާ އިލްމުވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ އަޑު ވަކިވަކިން އައްސަވާ ރައީސެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް