ރާއްޖޭގައި އަންހެނަކު ޑިފެންސް މިނިސްޓަރަކަށް ލީ ފަހުން އެހެން ގައުމުތަކުންވެސް އެކަން ކޮށްފި: މާރިޔާ

ރާއްޖޭގައި އަންހެނަކު ޑިފެންސް މިނިސްޓަރަކަށް ލީ ފަހުން އެހެން ގައުމުތަކުންވެސް އެކަން ކުރަން ފަށައިފި ކަމަށް ޑިފެންސް މިނިސްޓަރު އަދި 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާދިޔާ ދީދީ ވިދާޅުވެއްޖެއ...

29 Aug 2023 | 14:46

ރާއްޖޭގައި އަންހެނަކު ޑިފެންސް މިނިސްޓަރަކަށް ލީ ފަހުން އެހެން ގައުމުތަކުންވެސް އެކަން ކުރަން ފަށައިފި ކަމަށް ޑިފެންސް މިނިސްޓަރު އަދި 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާދިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، އަންހެނުންގެ މެނިފެސްޓޯ ރިޕީޒް ކޮސްފިން، އަންހެނުން ބާރުވެރި ކުރުވުމަކީ ރައީސް ސޯލިހުގެ މެނިފެސްޓޯ 2018 ގައިވެސް ވެފައިވާނެ ވައުދެއް ކަމަށެވެ.

އެގޮތުން 33 ޕަސެންޓް އަންހެނުން ކެބިނެޓަށް ހަމަޖެއްސެވިއިރު ވަރަށް ގިނަ މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ޑިފެންސް މިނިސްޓްރީއަށްވެސް ކަނޑައެޅުއްވީ އަންހެނެއް ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

"ދުނިޔޭގަވެސް އޭރު ނާދިރު ކަމެއް، މިހާރު ވަރަށް ގިނައިން ފެނޭ ދުނިޔޭގެ އެކި ތަންތާގަ، ރާއްޖޭގެ ފަހަތުން އައިސް އަންހެނުން ޑިފެންސަށް އައްޔަނު ކުރަމުން ދާތަން، އެ ޕޯޓްފޯލިޔޯ ގެންގުޅޭތަން" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، އަންހެނުންނަށް ޑަބްލިޔުޑީސީތައް ހަދައިގެން އަންހެނުން ކުރިއަރުވައި ތަރައްގީކުރަން ގާނޫނުން އުފެއްދީވެސް މި ސަރުކާރުން ކަމަށެވެ.

އެގޮތުން ކައުންސިލްގައި އަންހެނުންނަށް ރިޒާވް ސީޓް ދިނުމުގެ ނަތީޖާ އަކީ، ރާއްޖޭގެ ކައުންސިލްތަކުގައި 60 އިންސައްތަ އަށްވުރެ ގިނައިން އަންހެނުން ތަމްސީލު ކުރުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެއީ އަންހެނަކަށްވެ ހުރެ ފަހުރުވެރިކަމާއެކު ރައީސް ސޯލިހުގެ ސަރުކާރު ބަލައިގަންނަ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް