ސަންގުގެ ބަހުސްގައި ރައީސް ސޯލިހު ބައިވެރިވެވަޑަައިގަންނަވާނެ

ސަންގު ޓީވީއިން އިންތިޒާމު ކޮށްގެން ބާއްވާ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑަައިގަންނަވާނެކަން އިއުލާނު ކޮށްފިއެވެ. ސަންގު ޓީވީއިން ބުނީ، ރިޔާސީ ބަހުސްއަށް އެ ޓީވީއިން ދިން ...

29 Aug 2023 | 14:15

ސަންގު ޓީވީއިން އިންތިޒާމު ކޮށްގެން ބާއްވާ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑަައިގަންނަވާނެކަން އިއުލާނު ކޮށްފިއެވެ.

ސަންގު ޓީވީއިން ބުނީ، ރިޔާސީ ބަހުސްއަށް އެ ޓީވީއިން ދިން ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

ސަންގުގެ ބަހުސްއަށް އަރާވަޑައިގަތުމަށް ރައީސް ނިންމެވިއިރު، ދައުލަތުގެ މީޑިޔާއިން އިންތިޒާމު ކޮށްގެން ބާއްވާ ބަހުސް ކެންލް ކޮށްފައި ވާތީ، ގިނަ ފަރާތްތަކަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން ބައެއް ފަރާތްތަކުން ބުނަމުން ދަނީ، އެ ބަހުސް ކެންސަލް ކުރީ ރައީސް ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާތީ ކަމަށެވެ.

ނަމަވެސް ޕީއެސްއެމްއިން ބުނީ، ބަހުސް ކެންސަލް ކުރީ ވަކިން ނުބާއްވާ ސަންގުގެ ބަހުސްއާ ގުޅެން ކަމަށެވެ.

ޕީއެސްއެމްގެ ބަހުސް ކެންސަލްކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައެއް ކެނޑިޑޭޓުން ކެމްޕޭން ކުރައްވަމުން ގެންދަވާތީ، ބަހުސްގައި ބައެއް ކެނޑިޑޭޓުންނަށް ބައިވެރި ނުވެވޭ ކަމަށެވެ.

އެހެން ތާރީހަކަށް ބަހުސް ފަސް ކޮށްފިނަމަ ކެނޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅިދާނެ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

އެހެންކަމުން، ޕީއެސްއެމް ބަހުސްގެ ތާރީހު ބަދަލު ކުރުމަށްވުރެ ރަނގަޅު ގޮތަކީ ސަންގާ ގުޅިގެން އެއް ބަހުސްއެއްގޮތަށް ކުރިއަށް ގެންދިއުން ކަމުގައި ދެކޭތީ، އެގޮތަށް ނިންމީ ކަމަށް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް