ވާރޭވެހިގެން ފެންބޮޑުވާ ރަށްރަށަށް ނޭޝަނަލް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފެންހިއްކާ ޕަމްޕު ފޯރުކޮށްދީފިއެވެ.
އެ އޮތޯރިޓީން ބުނެފައިވާގޮތުގައި ރަށްރަށުގެ ވިލުންވެރިކަން އިތުރުކުމަށް ސަރުކާރުން ދެއްވާ ހާއްސަ އަޙައްމިޔަތުގެ ދަށުން ޑީވޯޓަރިންގ ޕަމްޕު ފޯރުކޮށްދިނުމަށް އެ އޮތޯރިޓީއިން އެކުލަވާލެވުނު ޕްރޮޖެޓްގެ ދަށުން ފެންހިއްކާ ޕަމްޕު ހަވާލުކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ފަސް ރަށުގެ ކައުންސިލާއި އެތަކެތިވަނީ ހަވާލުކޮށްފައެވެ.
އެ އޮތޯރިޓީއިން އެކުލަވާލި ޑީ- ވޯޓަރިންގ ޕަމްޕް ފޯރުކޮށް ދިނުމުގެ ޕްރޮޖެކްޓްގެ ދަށުން ފެންހިއްކާ ޕަންޕާއި އޭގެ އެސެސަރީސް ހަވާލުކުރުވުނު ފަސް ރަށަކީ ބ. މާޅޮސް، ބ. ކެންދޫ، ބ. ތުޅާދޫ، ޅ.ނައިފަރު އަދި ޅ.ހިންނަވަރެވެ. އަދި މި ރަށްތަކުގެ ކައުންސިލާއި މި ތަކެތި ހަވާލުކޮށްދިނުމަށްޓަކައި އެ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ޑިފެންންސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ ވަފުދެއް މި އޮގަސްޓް މަހުގެ 27 އިން 29 އަށް މި ރަށްތަކަށް ޒިޔާރަތްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
"މި ވަފްދުގައި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ޗީފް ގެސްޓެއްގެ ގޮތުގައި ކައުންސިލްތަކަށް ތަކެތި ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ޑިފެންސް ގެ ނައިބު އަލްފާޟިލް ހުސެން ޒާހިރު، އެމަނިކުފާނުގެ އަރިހުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ހަސަން އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުލް ރަހީމް ޢަބްދުލް ލަތީފް އާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ކޮމާންޑްގެ އިސްއޮފިސަރުން ބައިވެރިވެވަޑައިގެންނެވި" އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނެފައިވާގޮތުގައި އެ އޮތޯރިޓީން ކުރަމުން ގެންދާ މުޙިއްމު މަސައްކަތްތަކުގެ ތެރެއިން ކާރިސާތަކުގެ ސަބަބުން އާންމު ފަރުދުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައި ހިމަނައިގެން އެންމެ ނާޒުކު އަދި ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ދިމާވާ އަދި އެފަދަ ހާދިސާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތަޙައްމަލް ކުރަންޖެހޭ ރަށްތަކުގެ ތެރެއިން މިހާތަނަށް އެފަދަ ވަޞީލަތެއް ނެތް 18 ރަށެއް އެކަށައަޅައި އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް ދިނުމުގެ ޕްރޮޖެކްޓެއް އެކުލަވާލައި އެކަން އެ އޮޓޯރިޓީއިން ގެންދަނީ ވިލަރެސް ކުރަމުންނެވެ.
މި ޕްރޮޖެކްޓަކީ މިހާތަނަށް ސަރުކާރެއްގައި މިޕްފެންބޮޑުވާ ރަށްރަށުގެ ވިލުންވެރިކަން އިތުރުކުރުމަށް ވަޞީލަތްތައް އެކަމަށް އެންމެ ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދީގެން ޤާއިމްކޮށްދިނުމަށް ހިންގޭ މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ. އަދި މިގޮތުން މިޕްރޮޖެކްޓަށް ދައުލަތަތުން 1,406,149.70ރ ހޭދަކުރައްވާފައިވާކަންވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މި ޕްރޮޖެކްޓަގެ ދަށުން ޑީޥޯޓަރިން ޕަމްޕު އަދި އޭގެ އެސެސަރީސް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ބާކީ 13 ރަށަށް ބޭނުންވާ ވަޞީލަތްތައް ވީ އެންމެ އަވަހަކަށް އެރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް