ޖުޒާމް ބަލި ނައްތާލެވިފައިވާ ރަށްތަކެއް ކަނޑައެޅޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހަދަން މަސައްކަތް ކުރަނީ

ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ނައްތާލެވިފައިވާ ރަށްތަކެއް ކަނޑައެޅޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހަދަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މަސައްކަތް ފަށައިފިއެވެ. އެޗްޕީއޭއިން ބުނީ، ރާއްޖެއިން މ...

29 Aug 2023 | 07:50

ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ނައްތާލެވިފައިވާ ރަށްތަކެއް ކަނޑައެޅޭ ފުރަތަމަ ގައުމަކަށް ރާއްޖެ ހަދަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖެއިން މަދުވެގެން 100 ރަށުން ލެޕްރަސީ ނައްތާލެވިފައި ވާކަން ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ފުރިހަމަ ކުރެވިއްޖެ ނަމަ. މިގޮތަށޤ ރަށްތަކެއް ކަނޑައެޅޭ ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ލެޕްރަސީ ޖެހިގެން ރިޕޯޓު ކުރެވޭ އަދަދު މަދުވެ، ބަލި ޖެހިގެން އައިބުވާ ފަރާތްތައް މިހާރު ނުފެންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި ލެޕްރަސީ ބަލިމީހަކު ނުފެންނަތާ ގިނަ އަހަރުތަކެއް ވެފައި ވާކަމަށް އެޗްޕީއޭއިން ފާހަގަ ކުރިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު 'ޒީރޯ ލެޕްރަސީ' ގައުމއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރުއެވެ. މި މަސައްކަތް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ ރާއްޖެ ވެގެން ދާނީ މުޅި ދުނިޔެއިން އެންމެ ފުރަތަމަ ލެޕްރަސީ ނައްތާލެވޭ އެއް ގައުމަށެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މަސައްކަތަށް ވަނީ މަޑުޖެހުމެއް އަހިސްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ މަސައްކަތް މިހާރު ވަނީ މުރާޖައާކޮށް އަލުން ފަށާފައެވެ.

ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމުގައި އެޗްޕީއޭއިން ކުރާނެ މަސައްކަތްތަކަކީ:-

  • ސްކްރީންކޮށް ބަލި ދެނެގަތުމަށާއި ދޭން ޖެހޭ ފަރުވާއަށް އަދި ބައްޔާމެދު ދެކޭގޮތް ބަދަލު ކުރުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުން
  • ރަށްރަށުގައި ލެޕްރަސީ ސްކްރީނިންގް ބޭއްވުން
  • ރާއްޖެއިން ކަނޑައަޅާ ފަރާތްތަކުން ކަމާގުޅޭ އިންޓަރނަލ ވެރިފިކޭޝަން އެސެސްމަންޓް ކުރިއަށް ގެންދިއުން
  • ބައިނަލްއަގުވާމީ ތަޖުރިބާކާރުން ކުރިއަށް ގެންދާ އެކްސްޓާނަލް ވެރިފިކޭޝަން އެސެސްމަންޓް ކުރިއަށް ގެންދިއުން

މި މަސައްކަތްތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވެއެވެ.

ލެޕްރަސީއަކީ ދުނިޔޭގައި އުޅޭތާ ވަރަށް ޒަމާންވީ ބައްޔެކެވެ. އަދި މިއީ މިހާރު ފަރުވާ ކުރެވި، މުޅިން ރަނގަޅު ކުރެވޭ ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް