"ސްވިމް ވިތު ގާޒާ" ކެމްޕޭނުން ފަލަސްތީނާ އެކު މުޅި ދުނިޔެ

ޣައްޒާގެ ހާލަތާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ ބައިނަލްއަގުވާމީ ފެތުމުގެ ކެމްޕޭނެއްގައި ބައިވެރިވަމުންނެވެ. ޗިލީއިން ފެށިގެން ދެކުނު އެފްރިކާ އާއި...

29 Aug 2023 | 07:17

ޣައްޒާގެ ހާލަތާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ ބައިނަލްއަގުވާމީ ފެތުމުގެ ކެމްޕޭނެއްގައި ބައިވެރިވަމުންނެވެ.

ޗިލީއިން ފެށިގެން ދެކުނު އެފްރިކާ އާއި ޕޯޗުގަލް އަދި އަޔަލޭންޑާ ހަމައަށް އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހު ޣައްޒާގެ އުތުރު ގޮނޑުދޮށުގައި ބޭއްވުނު "ސްވިމް ވިތު ގާޒާ" ކެމްޕެއިންގައި ވަނީ ބައިވެރިވެފައެވެ.   މި ކެމްޕެއިން އަކީ ގަޒާގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ކެމްޕެއިނެކެވެ.

ގާތްގަނޑަކަށް 2.3 މިލިއަން ޣައްޒާގެ ރައްޔިތުންނަށް 16 އަހަރު ވަންދެން ކުރިމަތިވެފައިވާ ލޮކްޑައުންގެ ސަބަބުން މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިފަށުގެ ކުޑަ ބިމުގެ ކުޑަ ސަރަހައްދެއްގައި އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވާއިރު، މިސްރާއި އެކު އޮންނަ ދެކުނު ބޯޑަރު ފިޔަވައި ޣައްޒާގެ ވަށައިގެން ގިނައީ އިސްރާއީލުންނެވެ.

ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން އދއިން ތަކުރާރުކޮށް ދަނީ ފާހަގަ ކުރަމުންނެވެ.

މި ކެމްޕޭނަކީ ،ދުނިޔޭގެ އެހެން ގައުމުތަކާ ވަކިން ޣައްޒާގައި މަޖާކޮށްލުމަށް އޮތް ހަމައެކަނި ހުސް ޖާގަ އަކީ މޫދު ކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

އިނގިރޭސިވިލާތުގެ ކަނޑުމަތީގެ ރިސޯޓް ސިޓީއެއް ކަމަށްވާ ބްރައިޓަން އަކީ ފަލަސްތީނުގެ ޓީޝާޓާއި ފަލަސްތީނުގެ ދިދަތައް އުފުލާ އެތައް ބަޔަކު ބައިވެރިވާ "ސްވިމް ވިތު ޣައްޒާ" ބާއްވާ ދުނިޔޭގެ ގިނަ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ.

ގާތްގަނޑަކަށް 40 އެއްހާ މީހުން ބްރައިޓަން ބީޗަށް އައީ އެގައުމުގެ ގަޑިން މެންދުރު ފަހު 3:00 ހާއިރު އެވެ.

އަނަޑޯލޫ ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން އުމުރުން 63 އަހަރުގެ ރަސެލް ޖޯންސް ވިދާޅުވީ ބްލޮކްޑައުން އެތައް އަހަރެއް ވަންދެން ކުރިއަށް ދާ ކަމަށާއި މިއީ ކުޑަކުދިންނަށް ހާއްސަކޮށް ޣައްޒާގައި އެއްބައިވަންތަކަން ދެއްކުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"އަހަންނަށް އެނގޭ ގޮނޑުދޮށަކީ ޣައްޒާގެ ރައްޔިތުންނަށް އާންމު ދިރިއުޅުމާ ދުރަށް ދެވޭނެ މަދު ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއްކަން." ފަލަސްތީނުގެ ސޮލިޑަރިޓީ ކެމްޕެއިންގެ ކެމްޕެއިނަރެއް ކަމަށްވާ ޖޯންސް ވިދާޅުވި އެވެ.

އަދި މިއީ ބައިނަލްއަގްވާމީ ފެންވަރުގައި މި ހަރަކާތް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އުއްމީދަކީ ކޮންމެ އަހަރަކު ވެސް މި ހަރަކާތް ބާއްވައި ކުރިއެރުން ލިބޭނެ ކަމަށެވެ.

އުމުރުން 79 އަހަރުގެ އެން ހަލަމް ވެސް މި ހަރަކާތުގައި ބައިވެރިވުމަށް ދިޔައީ ފަލަސްތީނަށް ތާއީދުކުރާކަން ހާމަކުރުމަށެވެ.

"އެ މީހުން ދިރިއުޅެމުން ދަނީ ދުނިޔޭގެ އެންމެ ބޮޑު އޯޕަން އެއާ ޖަލުގައި،" ފަލަސްތީން ސޮލިޑަރިޓީ ކެމްޕޭން ގްރޫޕްގެ މެމްބަރުކަން ވެސް ކުރައްވާ އުމުރުން 79 އަހަރުގެ ގާސިމް ވިދާޅުވި އެވެ. އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި،ބޭސްފަރުވާގެ ހައްގުތައް ނިގުޅައިގަނެ އެމީހުންގެ ދިރިއުޅުން ހަނިކުރަމުން އަންނަ ކަމަށް އޭނާވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ "ބްލޮކްޑައުން އުވާލަން ޖެހޭ" ކަމަށާއި، އިނގިރޭސި ވިލާތުގެ ސަރުކާރުން ޒަމާނުއްސުރެ "މި މަސައްކަތުގައި ބައިވެރިވާ" ކަމަށެވެ. ފަލަސްތީނުގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބާރެއް ލިބޭ، އަޅުގަނޑު އުންމީދު ކުރަން މިއަދު އަޅުގަނޑުމެންގެ ފަރާތުން އެމީހުންނަށް ބާރު ލިބޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

ކެމްޕެއިންކުރާ ފަރާތްތަކުން ވަނީ މި ހަރަކާތް ލައިވްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް