ބޯ ވިއްސާރައިގައިވެސް މުއިއްޒު ކެމްޕޭނަށް ރ އަށް ވަޑައިގެންފި

ރިޔާސީ ކެމްޕޭނަށް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ރ. އަލިފުއްޓަށް ވަޑައިގެންފިއެވެ. މުއިއްޒު މިއަދި ފެއްޓެވި ދަތުފުރުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުއެވެ. މި ދަތުރ...

29 Aug 2023 | 06:01

ރިޔާސީ ކެމްޕޭނަށް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ރ. އަލިފުއްޓަށް ވަޑައިގެންފިއެވެ.

މުއިއްޒު މިއަދި ފެއްޓެވި ދަތުފުރުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުއެވެ. މި ދަތުރުގައި ރ، ބ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށަށް ދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން މރ. އަތޮޅުން މުއިއްޒު މިއަދު ވަޑައިގަންނަވާނީ އަލިފުށި، މަޑުއްވަރި، މީދޫ، އުނގޫފާރު، ދުވާފަރަށެވެ. އަދި މިރޭ ޖަލްސާ އޮންނާނީ ދުވާފަރުގައެވެ. މާދަމާ ވަޑައިގަންނަވާނީ އެ އަތޮޅު އިނގުރައިދޫގެ އިތުރުން ބ. ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ އަދި އޭދަފުއްޓަށެވެ. މާދަމާ ރޭގެ ޖަލްސާ އޮންނާނީ އޭދަފުށީގައެވެ.

ބުރާސްފަތި ދުވަހު އެ އަތޮޅު ތުޅާދޫގެ އިތުރުން ޅ. ކުރެންދޫ، އޮޅުވެލިފުށި އަދި ނައިފަރަށް ވަޑާއިގަންނަވާނެއެވެ. އެރޭގެ ޖަލްސާ އޮންނާނީ ނައިފަރުގައެވެ.

ހުކުރު ދުވަހު މުއިއްޒު ވަޑައިގަންނަވާނީ ޅ. ހިންނަވަރަށެވެ. އަދި އެދުވަހު މެންދުރުކުރީ މާލެ ވަޑައިގަންނަވާނެއެވެ.

ކެމްޕޭނަށް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ ގއ. އަދި ގދ ގެ ބައެއް ރަށްރަށަށެވެ. މުއިއްޒު ވިދާޅުވީ އިންތިހާބު ކުޑަތަން ވުމާއެކު ހުރިހާ ރަށަކަށް ނުދެވިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް