ޗަންދުރަޔާން-3 އަޕްޑޭޓް: ވިކްރަމް ލޭންޑާގެ ފުރަތަމަ އޮބްޒަވޭޝަން އިސްރޯއިން ހިއްސާކޮށްފި

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އާދީއްތަ ދުވަހު ވަނީ ވިކްރަމް ލޭންޑާގައި އޮތް ޗަސްޓޭ ޕެލޯޑުގެ ފުރަތަމަ އޮބްޒަވޭޝަން ހިއްސާކޮށްފަ އެވެ. ޗަސްޓްއީ (ޗަންދްރާސް ސަރފޭސް ތަރމޯފިޒިކަލް ...

28 Aug 2023 | 19:30

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އާދީއްތަ ދުވަހު ވަނީ ވިކްރަމް ލޭންޑާގައި އޮތް ޗަސްޓޭ ޕެލޯޑުގެ ފުރަތަމަ އޮބްޒަވޭޝަން ހިއްސާކޮށްފަ އެވެ.

ޗަސްޓްއީ (ޗަންދްރާސް ސަރފޭސް ތަރމޯފިޒިކަލް އެކްސްޕެރިމެންޓް) އިން ހަނދުގެ ސަރަޙައްދުގެ ތާމަލް ބިހޭވިއަރ ދެނެގަތުމަށްޓަކައި ޕޯލްގެ ވަށައިގެންވާ ހަނދުގެ ޓޮޕްސޮއިލްގެ ޓެމްޕަރޭޗަރ ޕްރޮފައިލް ދެނެގަނެއެވެ.

ސްޕޭސް އެޖެންސީން ވަނީ ޕްރޮބް ޕެނެޓްރޭޝަންގައި ރެކޯޑްކުރެވިފައިވާ ފަދައިން ހަނދުގެ ކައިރި ސަރަޙައްދުގެ ފިނިހޫނުމިނުގެ އެކި ތަފާތުތައް އަޑިން ދައްކުވައިދޭ ގްރާފެއް ހިއްސާކޮށްފައެވެ.

ސީ.އޭ.އެސް.ޓީ.އީ.ގައި ޓެމްޕަރޭޗަރ ޕްރޮބްއެއް ހުންނައިރު، އޭގެ އަޑީގައި 10 ސެންޓިމީޓަރު އަޑިއަށް ދެވޭނެ ކޮންޓްރޯލް ޕެނެޓްރޭޝަން މެކޭނިޒަމެއް އެކުލެވިގެންވެއެވެ. މި ޕްރޮބްގައި 10 އިންޑިވިޖުއަލް ޓެމްޕަރޭޗާ ސެންސަރު ހަރުކޮށްފައި ވެ އެވެ.

މީގެ ކުރިން އިސްރޯގެ ވެރިޔާ އެސް ސޯމްނާތު ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ ޗަންދްރަޔާން-3 ގެ ސައިންޓިފިކް މިޝަންގެ ގިނަ މަގްސަދުތައް މިހާރު ހާސިލްވާނެ ކަމަށާއި ކުރިއަށް އޮތް 13-14 ދުވަހަށް އިސްރޯގެ ޓީމުން ވަރަށް އުފަލުން ބަލަމުންދާ ކަމަށެވެ. އަދި ހުރިހާ ސައިންޓިފިކް ޑޭޓާއެއް ވެސް ފެންނަނީ ވަރަށް ރީތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ވެސް ހަނދުން ވަރަށް ގިނަ ޑޭޓާތައް މެޝާކުރާނަން. އަދި އަޅުގަނޑުމެން އުއްމީދު ކުރަނީ މިކަން ކުރާއިރު ސައިންސަށް ހަގީގަތުގައި ވެސް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށް،" އިސްރޯގެ ޗީފް ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އިންޑިއާއިން ވަނީ ހަނދުގެ ދެކުނު ތަނބު ކައިރީގައި ޖައްވީ އުޅަނދެއް ކަމަށްވާ ޗަންދުރަޔާން-3 ޖެއްސި ފުރަތަމަ ގައުމަށް ވެފަ އެވެ.

އިންޑިއާގެ ތިން ވަނަ ހަނދު މިޝަންގެ ކާމިޔާބީއާއެކު މިއީ އެމެރިކާ، ރަޝިއާ އަދި ޗައިނާއަށް ފަހު މި ކާމިޔާބީ ހާސިލްކުރި ހަތަރު ވަނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް