އިންޑޮނީޝިއާގެ ސުމާޓްރާއަށް މިއަދު ދެ ގަޑިއިރެއްހާއިރު ތެރޭގައި ތިން ބިން ހެލުން އައި

އިންޑޮނީޝިއާގެ ސްމާޓްރާއަށް މިއަދު ދެ ގަޑިއިރެއްގާއިރު ތެރޭގައި ތިން ބިން ހެލުން އައި ކަމަށް ރިކޯޑުތަކުން ދައްކައިފި އެވެ. އެންމެ ފުރަތަމަ ބިން ހެލުން އައީ ރެކްޓާ މިންގަނޑުން 5.2 މެގްނެޓިއުޑްގެ ބާރުމި...

29 Aug 2022 | 15:20

އިންޑޮނީޝިއާގެ ސްމާޓްރާއަށް މިއަދު ދެ ގަޑިއިރެއްގާއިރު ތެރޭގައި ތިން ބިން ހެލުން އައި ކަމަށް ރިކޯޑުތަކުން ދައްކައިފި އެވެ.

އެންމެ ފުރަތަމަ ބިން ހެލުން އައީ ރެކްޓާ މިންގަނޑުން 5.2 މެގްނެޓިއުޑްގެ ބާރުމިނުގައި އެވެ. އޭގެ ގަޑިއެއްހާއިރު ފަހުން ރެކްޓާ މިންގަނޑުން 5.4 މެގްނެޓިއުޑްގެ ބާރު މިނުގައި ބިން ހެލުން އައި އެވެ.

އަދި ދެވަނަ ބިން ހެލުން އައިތާ މާ ގިނަ އިރެއް ނުވެ ރެކްޓާ މިންގަނޑުން 6.4 މެގްނެޓިއުޑްގެ ބާރުމިނުގައި ބިން ހެލުން އައެވެ. އިންޑޮނީޝިއާގެ ޑިޒާސްޓާ އެޖެންސީން ބުނީ ތިން ވަނަ ބިން ހެލުމުގެ އަސަރު ކުޑަ ވަގުތުކޮޅަކަށް ދެމިގެން ދިޔަ އެވެ.

ބިން ހެލުންތަކާއި ގުޅިގެން ސުމާޓްރާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ހާސްކަމުގެ ތެރޭގައި ތިބި އިރު ސްކޫލްތަކާއި، އޮފީސްތައް އަދި އަދި ސިއްހީ ފަރުވާދޭ ތަންތަނުން މީހުން ވަނީ މަގުމައްޗަށް ނުކުމެފަ އެވެ.

މި ބިން ހެލުންތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އިމާރާތްތަކަށްވެސް ގެއްލުމެއް ނުލިބޭއިރު ކުޑަކޮށް ނަމަވެސް ގެއްލުންވެފައިވަނީ އިމާރާތް ކުރަމުންދާ ބައެއް އިމާރާތަކަށެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް ސުމާޓްރަށް ބިން ހެލުމެއް އައެވެ. ރެކްޓާ މިނަގްނަޑުން 6.2 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 25 މީހުން މަރުވެ 460 މީހުން ޒަހަމްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް