ރ. އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ، އަލީ މިމްރާހް އެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން މިރޭ ފުލުހުން ބުނެފައިވަނީ އުނގޫފާރުގައި ފީނަން ގޮސް އުޅުނު މީހަކު ގެނބިފައިވާކަމަށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް