ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ ނުވަތަ ޤައުމީ ކޮންފަރެންސް އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.
އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޤައުމީ ކޮންފަރެންސް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އެގޮތުން އެންމެ މުޙިއްމު އެއް މަސައްކަތެއް ކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ޤަވާޢިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނަގާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވެ އެވެ. ޖޭޕީން ބުނީ އެ މަސައްކަތް ކުރުމުގެ ފުރުސަތު ހުރިހާ މެމްބަރުންނަށް އޮންނާނެ ކަމަށެވެ.
އެކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް