މަންދޫ ކުރީގެ ޖެޓި ތަޅާލައި ނަގައިފި

އދ. މަންދޫ ކުރީގެ ޖެޓީ ތަޅާލައި އެތަނުން ނަގައިފި އެވެ. މި މަސަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ކުރީ މަންދޫ ކައުންސިލްގެ އެދުމަށެވެ. މި މަސައްކަތް ކޮށްދީފައިވަނީ އެ ކުނ...

29 Aug 2022 | 10:20

އދ. މަންދޫ ކުރީގެ ޖެޓީ ތަޅާލައި އެތަނުން ނަގައިފި އެވެ.

މި މަސަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ކުރީ މަންދޫ ކައުންސިލްގެ އެދުމަށެވެ.

މި މަސައްކަތް ކޮށްދީފައިވަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ. އެމްޓީސީސީގެ މުވައްޒަފުން ވަނީ އެ ޖެޓީ ތަޅާލައި ނެގުމުގެ އިތުރުން އެ ސަރަޙައްދުގެ ކުނިތައް ސާފުކޮށްދީފަ އެވެ.

އެމްޓީސީސީން ދަނީ މަންދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު15 ވަނަ ދުވަހު އެވެ.

މި މަޝްރޫއުއަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް