ޔާމީން ޖަލަށް ލާން ރައީސަށް ބޭރު ގައުމަކުން ނާންގާ، އެއީ ދޮގެއް: މިއުވާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަލަށް ލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވަނީ ދޮގު ހަބަރެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ...

29 Aug 2022 | 08:32

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަލަށް ލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވަނީ ދޮގު ހަބަރެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އޮންލައިން ނޫސް "ދިޔަރެސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގޮތަށް އެންގީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު ކަމަށެވެ. އެ ބައްދަލުވުމުގައި އޮންލައިންކޮށް ރައީސް ސޯލިހްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މި ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން ލިޔެފައިވާ އެއްޗެއް ކަމަށެވެ. އަދި އެ ހަބަރަކީ ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއް ކަމަށެވެ.

ދިވެހިރާއްޖެ އާއި ބޭރުގެ ޤައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށް މިއުވާން ވިދާޅުވި އެވެ.

ނަޝީދު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. ޝާހިދު ވަޑައިގެންނެވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް