ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރުމަވަންތަ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ގާސިމް އެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާކަން ޖޭޕީން ހާމަކޮށްފައި މިވަނީ މިދިޔަ ހަފްތާގައި ސަން އައިލެންޑް ރިސޯޓުގައި ގާސިމް ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ގޯސްވެގެން ޑޮކްޓަރުންގެ ޓީމެއް އެ ރަށަށް ދިޔަ ވާހަކަ ފެތުރިފައިވަނިކޮށެވެ.
އެކަމަކު ޖޭޕީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ ގާސިމް ދަރުމަވަންތަ ހޮސްޕިޓަލަށް ވަޑައިގެންނެވީ ރޫޓިން ޗެކަޕެއް ހެދުމަށް ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ގާސިމްގެ އުމުރަކީ70 އަހަރެވެ.
ގާސިމް މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތާވެސް އެތައް ދުވަހެއް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް