ޓްރީ ޓޮޕް ހޮސްޕިޓަގެ ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ. އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތަކަށް ބަދަލު ގެނައީ ކޯވިޑުގެ ހާލަތު ރަނގަޅުވެ، އެ ބައްޔާއ...

29 Aug 2022 | 07:52

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑިތަކަށް ބަދަލު ގެނައީ ކޯވިޑުގެ ހާލަތު ރަނގަޅުވެ، އެ ބައްޔާއެކު، ދިރިއުޅެން ދަސްކުރަމުން އަންނައިރު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ލުޔެއް ދޭން ކަމަށެވެ.

މި ބަދަލާއި އެކު އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އާއި ހައި ޑިޕެންޑަންސީ ޔުނިޓް (އެޗްޑީޔޫ) އަދި ކޮރޮނަރީ ކެއާ ޔުނިޓް(ސީސީޔޫ) ގައި ފަރުވާ ހޯދާ ބަލިމީހުންގެ ރަޖިސްޓަރީ ކޮށްފައިވާ އެހީތެރިޔާ އަށް އެ ޔުނިޓްތަކަށް ޒިޔާރަތް ކުރެވޭނީ ހެނދުނު 9 އިން 11 އަށެވެ. އަދި ރޭގަނޑު 6 އިން 8 އަށް ވެސް ޒިޔާރަތް ކުރެވޭނެ އެވެ.

ޓްރީ ޓޮޕްގެ އިން ޕޭޝަންޓް ޕްރައިވެޓް ކޮޓަރިތަކާއި ސުއިޓުގައި ބައިތިއްބާފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭނީ ހެނދުނު 11 އިން މެންދުރު 1 އަށް އަދި ހަވީރު 5 އިން ރޭގަނޑު 7 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕުން ބުނީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނާއި އެހީތެރިން ހޮސްޕިޓަލުގެ ތެރޭގައި މާސްކު އަޅަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް