އަލަމްގީރުގެ ބަޔާން ލީކުވި މައްސަލަ ތަހުގީގު ކުރާނަން: ސީޕީ ހަމީދު

ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ އަލަންގީރު ފުލުހުންނަށް ދިން ބަޔާން ލީކުވި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް...

29 Aug 2022 | 05:55

ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ އަލަންގީރު ފުލުހުންނަށް ދިން ބަޔާން ލީކުވި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އެވެ. އެ ބަޔާން ލީކު ކޮށްލީ ރޭގެ ވަގުތެއްގައި އެވެ.

ހަމީދު ވިދާޅުވީ އަލަމްގީރުގެ ޝަރީއަތް މިއަދު ފަށަން ތައްޔާރުވެފައި ވަނިކޮށް ބަޔާން ލީކުވުމަކީ ކަންބޮޑުވެވަޑައިގެންނަވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބަޔާން އޮތީ ފުލުހުންގެ އަތުގައި ކަމަށާއި މިހާރު އެ ބަޔާން އިތުރު ތިން ބައެއްގެ އަތުގައި އޮންނާނެ ކަމަށެވެ.

އެއީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ކްރިމިނަލް ކޯޓު އަދި އަލަމްގީރުގެ ދިފާއީ ވަކީލުންނެވެ.

ސީޕީ ވިދާޅުވީ އިތުރު ބައެއްގެ އަތުގައި ބަޔާން އޮންނާނެތީ ލީކުވީ ފުލުހުންގެ ތެރެއިން ކަމަށް ދެންނެވެން ނެތް ކަމަށާއި އެކަން އެނގޭނީ އެ މައްސަލަ ބެލުމުން ކަމަށެވެ.

ލީކުވެފައިވާ ބަޔާނަށް ބެލުމުން ފެންނަގޮތުގައި އެއީ ސްކްރީނަކުން ނަގައިފައިވާ ފޮޓޯއެކެވެ. އެ ބަޔާނުގެ ހުރިހާ ސޮފުހާއެއްގައި އަލަމްގީރު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާއިރު އެންމެ ފަހު ސަފުހާގައި، ތަހުގީގު ކުރި ޓީމުގެ ފަރާތުން އިންސްޕެކްޓަރު ފެންވަރުގެ ހަތަރު ފުލުހަކު ސޮއިކުރައްވައިފައިވެއެވެ.

އެ ބަޔާނުގައި އަލަމްގީރް ވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވަނަވަރާއި އެކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އެކަން ކުރި އިރު އޭނާ ވީޑިއޯ ކުރި ގޮތާއި ބައެއް މީހުން އޭނާއަށް ފައިސާއާއި އެނޫން އެކި ކަހަލަ ހަދިޔާތައް ދިން ކަމަށް ވެސް ތަހުގީގު ބަޔާނުގައި އަލަމްގީރް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް