މިފަހުން އަޅާ ކަނދުފަތިތައް ހަލާކުވާ މައްސަލަ ބޮޑުވެފައި!

މިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ ކަނދުފަތިތައް ހަލާކުވާ މައްސަލަ ބޮޑުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ...

29 Aug 2022 | 05:25

މިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ ކަނދުފަތިތައް ހަލާކުވާ މައްސަލަ ބޮޑުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ހުސައިން ވިދާޅުވީ ފަހަކަށް އައިސް އަޅާފައިވާ ގިނަ ކަނދުފަތިތަކެއް ހަލާކުވެފައިވަނީ ކިހިނެތްވެގެންޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގައި މައްސަލަ އުޅެނީ ކަނދުފަތި އެޅުމުގައިތޯ ނުވަތަ ކަނދުފަތި އަޅާ ސަރަހައްދުގެ ކަނޑު އަޑީގައިތޯ ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަން ބަލައި ނިންމާ މިހާރު ހަލާކުވެފައިވާ ކަނދުފަތިތައް އަންނަ އަހަރު ކުރީކޮޅު ހަދަން ފެށޭނެ ކަމަށެވެ.

ހަލާކުވިވާ ކަނދުފަތިތަކުގެ ތެރޭގައި ހއ. ކ. އަތޮޅު އަދި ވ. އަތޮޅުގެ އެކި ސަރަހައްދުތަކުގައި އެޅި ކަނދުފަތިތައް ހިމެނެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސްކަނދުފަތި އެޅުމަކީ މިސަރުކާރުގެ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް