ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށް، ބައެއް އިމާރާތްތަކުން މީހުން ހުސްކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) ން ބުނީ ބިން ހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން6.0 ގެ ބާރުމިނުގައި އިންޑޮނީޝިއާގެ ސުމަތްރާއަށް ކަމަށެވެ. އެ ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާ ކަމަށެވެ.
މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު8:29 ގައި އެވެ.
ބިން ހެލުމުގެ އަސަރުކޮށްގެން ހުސްކުރި އިމާރާތްތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން ހިމެނެ އެވެ. 10 ބުރީގެ އެއިމާރާތުގައި ތިބި މުވައްޒަފުން ތިރިއަށް ބޭލުވިއިރު އެސަރަހައްދުގެ ބައެއް ގޭތަކުންވެސް މީހުންވަނީ ތިރިއަށް ފައިބާފައެވެ.
އަތޮޅުތެރޭގެ ބައެއް ރަށްތަކަށްވެސް ބިންހެލުމުގެ އަސަރުކޮށްފައި ވީނަމަވެސް އަދި ތަފްސީލެއް ނުލިބެ އެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އަސަރު މާބޮޑަށް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އަދި ބިންހެލުމާއި ގުޅިގެން ސުނާމީގެ ބިރުވެސް ނެތް ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް