ވިއްސާރައިގެ ގެއްލުންތަކާއި ގުޅިގެން ރައީސް ސޯލިހު، ޕާކިސްތާނަށް ހަމްދަރުދީ ފޮނުއްވައިފި

ޕާޚިސްތާނަށް ކުރަމުންދާ ވިއްސާރައިގަ ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމްދަރުދީ ފޮނުއްވައިފި އެވެ. ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ ޖޫން މަހުން ފެށިގެން މިހާ...

29 Aug 2022 | 04:28

ޕާޚިސްތާނަށް ކުރަމުންދާ ވިއްސާރައިގަ ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމްދަރުދީ ފޮނުއްވައިފި އެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ ޖޫން މަހުން ފެށިގެން މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި އެވެ. ވިއްސާރައިގަ ހަތަރު ލައްކައަށްވުރެ ގިނަ ގެ ބިމާހަމަވެ،30 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިއްސާރައިގަ ފެންބޮޑުވެ އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް މިލިއަން ބައެއް ހާލުގައި ޖެހިފައިވާ ކަމުގެ ހަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިދަނޑިވަޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގަ އެންމެ ބޮޑު ގެއްލުމެއް ވަމުން ދަނީ ދެކުނުގެ ސަރަހައްދަށެވެ. އެ ސަރަހައްދުން ވިއްސާރައިގަ ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔަވަހިކަން ދިނުމަށް އިތުރު އެއް މިލިއަން ޓެންޓު ޖެހުމަށް ޕާކިސްތާނުގެ މައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވިއްސާރަ އާއި ގުޅިގެން މުޅި ޕާކިސްތާނުގައި އޮތީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް